ތަފާތު ފަރާތްތަކުން ކޮށްފައިވާ ދިރާސާތައް ބުނާ ގޮތުން ތާލިބާނުންނަށް އެންމެ ގިނައިން އާމްދަނީ ލިބޭ ވަސީލަތަކީ އަފިހޫންގެ ދަނޑުވެރިކަމެވެ. ކުރިއަށް އޮތްތާނގައި ތާލިބާން ޖަމާއަތަށް ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ސަބަބުން އަފްޣާނިސްތާންގައި ތާލިބާނުން އަފިހޫންގެ ދަނޑުވެރިކަން އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބެލެވެއެވެ.

ޗައިނާ މުހައްލިލުން ބުނާ ގޮތުގައި އަފްޣާން ތާލިބާނުން އަފިހޫންގެ ދަނޑުވެރިކަން ކުރުމަށް ގަދައަޅައި މަސައްކަތް ކުރާއިރު އަދި އެ ދަނޑުވެރިކަމުގެ ސަބަބުން ޗައިނާއަށް އޭގެ ނުރައްކާ ކުރިމަތިވާން އޮތުމުން ޗައިނާއަށް އެންމެ ރަނގަޅުވާނީ ތާލިބާނުންނަށް އެގައުމުގައި ދަނޑުވެރިކަން ކުރަން މުނާސިބު ގޮވާމުގެ ބާވަތްތައް ފަހިކޮށް ދިނުމެވެ.

މެލޭޝިއާގެ ދަސްޓަރ އިން ރިޕޯޓްކޮށްފައިވާ ގޮތޮގައި މާޒީގައި ޗައިނާއަށް އެންމެގިނައިން ޑްރަގް އެތެރެވެފައި ވަނީ ޕާކިސްތާނުންނާއި ޗައިނާގެ ޝިންޖިއާން ޕްރޮވިންސްގެ ތެރޭން ލައިގެންނެވެ.

ޗައިނާގެ ތަޖުރިބާކާރުންނާއި ޙަވާލާދީ ޒިންހުއާއިން ބުނެފައި ވަނީ ޗައިނާއަށް މަސްތުވާތަކެތި އެތެރެވިޔަ ނުދިނުމަށް އޮތް މަގަކީ އަފިހޫންފިޔަވައި އެހެން ގޮވާމުގެ ބާވަތްތައް އުފެއްދުމަށް ފަހިކޮށް ދިނުމަށެވެ.