މ. ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައި ފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫޢުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

121.84 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ނިންމާފަ އެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ނިންމާފަ އެވެ.