އެމެރިކާގެ ވިސްކޮންސިންގެ ސިޓީ ސެންޓަރގައި ހުޅުޖަހާލައިފިއެވެ. ކަޅުމީހުންގެ ފިހާރަތައް ހުންނަ ސަރަހައްދުގައި ރޯކޮށްލާފައިވަނީ ވިސްކޮންސިން ގައި ދެ ދުވަސްމަތުން ޖައްސަ ޖައްސައިގެން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެންނެވެ.

މި ހަމަނުޖެހުން އުފެދުނީ ފުލުހުން، ކަޅު ނަސްލުގެ މީހެއްކަމަށްވާ ޖޭކޮބް ބްލޭކް 29 އަހަރު، ގެ ފުއްކިބަޔަށް ބަޑިޖެހުމާ ގުޅިގެން އުފެދނު ހަމަނުޖެހުންތަކާއެކުގައެވެ. މިމީހާއަށް ފުލުހުން ބަޑި ޖެހިއިރު އޭނާގެ ތިން ކުދިންވެސް ކައިރީގައި ބަލަން ތިއްބެވެ.

ފުލުހުން ބުނިގޮތުގައި އެމީހުންނަށް މިހާރު މިހަމަނުޖެހުން ވަނީ ކޮންޓްރޯލް ނުކުރެވިފައެވެ.

ބޭރަށް ނިކުމެ އުޅުން މަނާކުރުމާއެކުވެސް މީހުން ވަނީ މަގުތަކަށް ނިކުމެ ހަމަނުޖެހުން ހިންގާފައެވެ.

ފުލުހުން ބުނި ގޮތުގައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބޭރުންވެސް ސަލާމަތީ ބާރުތައް ގެނައުމަށް މިހާރު ދަނީ މަޗްވަރާ ކުރެވެމުންނެވެ.

ބްލޭކް ވަނީ މިހާރު އައިސީޔޫގައެވެ. އޭނާއަށް އިތުރު ފަރުވާއަށް އިތުރު އޮޕަރޭޝަންތަކެއް ކުރަން ޖެހޭނެކަމަށްވެސް އޭނާގެ ވަކީލުން ވަނީ ބުނެފައެވެ.

ބްލޭކްގެ ބައްޕަ ބުނިގޮތުގައި މިހާރު އޭނާގެ ދަރިފުޅު ވަނީ އުނަގަނޑުން ތިރިން ވާގިގޮސްފައެވެ