ޖުމްހޫރީ ޕާޓީގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ ޕާޓީން ބުނީ މި ޖަލްސާ އޮންނާނީ މައި އޮފީސް މ. ކުނޫޒުގައި މިރޭ 20:30 ގައި ކަމަށެވެ. އަދި ޕާޓީއަށް މިރޭ އަލަށް ސޮއިކުރާ މެމްބަރުންގެ ފޯމުތައް ޕާޓީއާ ހަވާލުކުރުން އޮންނާނެ ކަމަށް ވެސް ބުންޏެވެ.
ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ ޖޭޕީ އިން ބުނީ ކޮވިޑުގެ ސަބަބުން ޕާޓީގެ ހަރަކާތައްތައް މަޑުޖައްސާލުމަށް ފަހު މިހާރު އަނެއްކާ ވެސް ފަށާފައިވާ ކަމަށެވެ.
އެ ޕާޓީއަށް މެމްބަރުން އިތުރުކުރަން އަތޮޅު ތެރޭގައި ވެސް ހަރަކާތްތަކެއް ހިންގާނެ ކަމަށާއި އެކަމަށް އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުފެށުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.