މާލޭގެ ކޮޓަރިއެއްގެ ތެރޭގައި މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

ސޯލަލް މީޑިއާގައި އާއްމުވެފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ ދެ ފިރިހެނަކު ވެގެން ޒުވާނަކަށް އަނިޔާ ކުރާ ތަނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ވީޑިއޯގެ މައްސަލަ ފުލުހުންގެ ސަމާލުކަަމަށް އައިސްގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ،

އެ ވީޑިއޯއިން ފެނިގެންދާ މަންޒަރުތަކަށް ބަލާއިރު، ފައިން އެ މީހާގެ ބުރަކަށީގައި އާއި ތަންތަނުގައި ޖަހާ ތަން ފެނެއެވެ. އަދި އޭނާގެ އިސްތަށިގަނޑުގައި ހިފާ މަންޒަރުވެސް ފެނިގެން ދެއެވެ.

އެ ވީޑިއާއިން އިތުރު ބަޔަކުވެސް އެ ކޮޓަރި ތެރޭގައި އުޅޭކަން އެނގެއެވެ. އަދި ހަޑި ހުތުރު ބަހުން ވާހަަކަދައްކާ އަޑުވެސް އިވެއެވެ.