ޕާކިސްތާން ސަރުކާރުގެ މުވައްޒަފުންނަށް މީސްމީޑިއާ ބޭނުން ކުރުން މަނާ ކޮށްފިއެވެ. އޮގަސްޓް 25 ގައި ނެރެފައިވާ އިޢްލާންގެ މަގްސަދަކީ ސަރުކާރުގެ މަޢުލޫމާތާއި ޑޮކިއުމެންޓްތައް ފާއްދާލިޔަ ނުދިނުމަށްޓަކައި އަޅާފައިވާ ފިޔަވަޅެއްކަމަށް އިސްލާމްއާބާދުން ބުނެއެވެ.

މި އިޢުލާންގައި ބުނެފައި ވަނީ މީގެ މަގްސަދަކީ ސަރުކާރުގެ ސިޔާސަތުތައް މީހުންނަށް ކިޔައި ދިނުމަށާއި ސަރުކާރުގެ މަސައްކަތާ މެދު ފީޑްބެކް ލިބިގަތުމަށް ހުރަސް އެޅުމެއް ނޫނެވެ. ނަމަވެސް މިފަދަ ބޭނުނަމަކަށް ސަރުކާރުގެ އިދާރާއަކުން މީސްމީޑިއާ ބޭނުން ކުރާނަމަ، ސަރުކާރުގެ މީޑިއާ ނިސްބަތްވާ މީސްމީޑީއާގެ ފީޑްގައި ހުންނަ ސަރުކާރާ ދެކޮޅު ނޭދެވޭ މާއްދާތައް ވަގުތުން ފޮހެލުމަށްވެސް އިރުޝާދު ދީފައި ވެއެވެ.

ސަރުކާރު މުވައްޒފުން، އަމިއްލަ ފަރާތްތަކަށާއި މީޑިއާއަށް ސަރުކާރުގެ މަޢުލޫމާމާތު ދީގެން ނުވާނެކަމަށް ބުނާ ގަވާއިދުގެ މާއްދާވެސް ތަކުރާރުކޮށް މީހުންނަށް ހަނދާން ކޮށްދީފައި ވެއެވެ.

މި ގަވާއިދާ ޚިލާފްވާ ފަރާތްތަކާ މެދު ސުލޫކީ ފިޔަވަޅު އެޅޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި އިޢްލާންގައި ވާ ގޮތުން ސަރުކާރާއި މެދު ނުވަތަ ސަރުކާރުގެ ކަމަކާ މެދު ސަރުކާރުގެ މުވައްޒަފަކު ޚިޔާލު ފާޅު ކޮށްހެދުމަކީވެސް މަނާ ކަމެކެވެ.

މީގައި ޓުއިޓާއާއި އެފްބިއާއި މައިކްރޯބްލޮގިންގ އެހެން ޕްލެޓްފޯމްތަކާއި ވަޓްސައެޕާއި އިންސްޓަގްރާމްވެސް ނަމުން ފާހަގަކޮށްފައި ވެއެވެ.