އިންޑިއާގެ ކަރްގީލްއަކީ އިންޑިއާގައި އުފައްދާ އެޕްރިކޮޓްގެ 60 އިންސައްތަ އުފައްދާ ސަރަހައްދެވެ. މިދިޔަ 50 އަހަރު ދުވަސްދެން ކަރްގީލްއިން އެޕްރިކޮޓް ބޭރުކުރުން އޮތީ މަނާ ކޮށްފައެވެ. އެޕްރިކޮޓް ބޭރުކުރުން ހުއްދަ ކުރުމާއެކު ކަރްގީލްގެ ފުރަތަމަ ޝިޕްމެންޓް ވަނީ ދުބާއީއަށް ބޭރުކޮށްފައެވެ.
ދުނިޔޭގެ އެންމެ ފޮނި އެޕްރިކޮޓްގެ ވެރައިޓީގައި ކަރްގީލްގެ އެޕްރިކޮޓް ހިމެނެއެވެ. ޕާކިސްތާންގެ ސަރަހައްދުން އައި ކަމަށް ބެލެވޭ ފަނިފަކުސައެއް ކަރްގީލްގެ އެޕްރިކޮޓް ގަސްތަކުގައި އެޅުމުން އެ ފަނިފަކުސަ ކަޝްމީރުގެ އާފަލް ގަސްތަކަށް ފޯރާފާނެތީ އެއިރު ކަރްގީލް ހިމެނުނު ޖަޖއްމޫ ކަޝްމީރުގެ ސަރުކާރުން އޮތީ އެޕްރިކޮޓް ބޭރުކުރުން މާނާ ކޮށްފައެވެ. މިހާރު ކަރްގީލަކީ ލަދާކްގެ ބައެކެވެ.
ކަރްގީލްގައި ކޮންމެ އަހަރަކު ނުވަ ހާސް މެޓްރިކް ޓަނުގެ އެޕްރިކޮޓް އުފައްދައެވެ.