ގެރިއަށް އަސާސީ ހައްގުތައް ދީ ގެރީގެ ހައްގު ރައްކާތެރި ކުރުމަށް އިލާހްއާބާދު ހައިކޯޓުން އަމުރެއް ނެރެފިއެވެ. އިންޑިއާގެ އުއްތުރަ ޕްރަދޭޝްގައި ގެރި ކަތިލުން މަނާކޮށްފައިވާ ގާނޫނުގެ ދަށުން ހައްޔަރުކޮށްފައިވާ މީހެއްގެ ޝަރީއަތުގައި އިންނެވި ގާޒީ ވިދާޅުވެފައި ވަނީ ގެރިއަކީ އިންޑިއާގެ ސަގާފަތާއި އާދަކާދައިން ބައެއް ކަމަށެވެ. އަދި ގެރީގެ ހައްގުތައް ހިމާޔަތް ކޮށްގެން ނޫނީ ގައުމު ތިޔާގި ނުވާނެ ކަމަށެވެ.
މި ޝަރީއަތުގެ މަޖިލިސް ބެލެހެއްޓެވީ އެންމެ ފަނޑިޔާރެކެވެ.
އޭނާ ސަރުކާރަށް ގޮވާލެއްވީ ގެރީގެ ހައްގުތައް ރައްކާތެރިކުރުމަށް ޕާލަމެންޓުން ގާނޫނެއް އެކުލަވާލަން ވާނެ ކަމަށެވެ. މި ޝަރީއަތުގެ މަޖިލީހުގައި ތުހުމަތު ކުރެވުނު މީހާ ގެރީގެ ހައްގަށް އަރައިގެންފައިވާ ކަމަށް ނިންމަވައި ގާޒީ އަންގަވާފައި ވަނީ އެ ސޮރު ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.
ގާޒީ ޝޭކަރު ކުމާރު ޔާދާވް ވިދާޅުވިގޮތުގައި އިންޑިއާގައި މީހުން އެތައް ދީނަކަށް އުޅެދާނެ ކަމަށެވެ. އަދި އެތައް ދޭވަތާއިންނެއް ގެން ގުޅެފާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް އެންމެންވެސް ދިރިއުޅޭނީ އިންޑިއާއަށް ޓަކައި ކަމަށް ފަނޑިޔާރު ވިދާޅުވެފައިވެއެވެ. އެހެންވެ، ގެރިއަށް އެސޮރުގެ ހައްގު މަގާމް ދޭންވާނެ ކަމަށް ވަނީ ނިންމަވައިފައެވެ.
ޔޫޕީއަކީ ހައްގު ފަހަނައަޅާފައިވާ ހިންދީންގެ މީހުން ގެރި ހިމާޔަތް ކުރުމުގެ ނަމުގައި މުސްލިމުންނަށް އަނިޔާ ކުރާ ކަމަށް ނަން ހުތުރު ސްޓޭޓެކެވެ.