އިންޑިއާއިން ބުނާ ގޮތުގައި އެގައުމުން ސަމާލުކަން ދެމުން ދަނީ އަފްޣާނިސްތާންގައި ޓެރަރިސްޓް ހަރަކާތްތަކަށް ފުރުސަތު ފަހިވިޔަ ދުނިދުމަށެވެ. އަދި ތާލިބާނުންގެ ސަރުކާރެއް ބަލައި ގަތުމަށް ނިންމުން އަދި މާވަސް ކަމަށްވެސް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން މިގޮތަށް ނިންމާފައި ވަނީ، ޤަތަރުގައި ތާލިބާންގެ އެދުމަށް އިންޑިއާ އެމްބެސެޑަރު ތާލިބާނާ ބައްދަލުކުރެއްވުމަށް ފަހުއެވެ.

އިންޑިއާގެ އެމްބެސެޑަރު ތާލިބާނާ ބައްދަލު ކުރެއްވިތާ ދެ ދުވަސްފަހުން ނޫސްވެރިން ވަނީ ގިނަ ސުއާލުތައް އިންޑިއާގެ ޚާރިޖިއްޔާއާ ކުރިމަތި ކޮށްފައެވެ.

ތާލިބާނަކީ އަދިވެސް ޓެރަރިސްޓް ޖަމާއަތެއް ކަމަށް ލޭބަލް ކޮށްފައިވާ ބައެކެވެ. އިންޑިއާއިން ތާލިބާންގެ ވެރިކަން ގަބޫލުކޮށްފާނެ ތޯ އެހުމުން ބުނެފައި ވަނީ އަދި އެފަދަ ފޮޔަވަޅެއް އެޅުން މާއަވަސް ކަމަށެވެ.

ޤަތަރުގައި ހުންނަވާ އިންޑިއާގެ އެމްބެސެޑަރާ ބައްދަލުކޮށްފައި ވަނީ ތާލިބާންގެ ޤަތަރު އޮފީހުގެ އިސް ފަރާތްކަމަށްވާ މުޙައްމަދު އައްބާސް ޝްޓްނިކްޒާއީއެވެ. އޭނާއަކީ، އިންޑިއާގެ ދެހެދާދުންގައި ހުންނަ މިލިޓަރީ ކޮލެޖްގެ ގްރެޖުއޭޓެކެވެ. އަދި އިންޑިއާގެ އަސްކަރީ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވާ މީހެކެވެ.