ޕާކިސްތާނާއި އަފްޣާނިސްތާންގެ ސަރަހައްދު ހުރަސްކޮށް ހަމަލާތައް ބަދަލުކޮށްފިއެވެ. މި ހަމަލާތަކުގައި ޕާކިސްތާން ސިފައިންގެ ދެމީހަކު ވަނީ މަރުވެފައެވެ. ޕާކިސްތާން ސިފައިންގެ މީޑިއާއިން ބުނެފައި ވަނީ ޓެރަރިސްޓުން ޕާކިސްތާނަށް ޙަމަލަދޭން އަފްޣާނިސްތާންގެ ފަސްގަނޑު ބޭނުން ކުރުން ޕާކިސްތާނުން ކުށްވެރި ކުރާ ކަމަށެވެ. އަދކި ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ ކަމަކަށް އަފްޣާނިސްތާންގެ ފަސްގަނޑު ފުރުސަތު ނުދޭނެ ކަމަށްވެސް އުންމީދު ކުރާ ކަމަށެވެ.
އިންޓަރ ސަރވިސް ޕަބްލިކް ރިލޭޝަންއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބާޖޯރު ސަރަހައްދުން ހަމަލަތައް ދީފައިވާ ކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓާ ހަވާލާދީ ބުނެފައި ވަނީ ތިނެއް ނޫނީ ހަތަރު ޓެރަރިސްޓުން މަރާލެވުނު ކަމަށެވެ. އަދި ހަމައެވަރުގެ އަދަދެއްގެ ޓެރަރިސްޓުންނަށް ހާނީއްކަވެފައި ވާނެ ކަމަށެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހުވެސް ބާމަން ސެކްޓަރއިން ދީފައިވާ ހަމަލައެއްގައި ޕާކިސްތާން ސިފައިންގެ މީހަކު މަރުވެފައި ވެއެވެ. ޕާކިސްތާން ސިފައިން ވަނީ އަފްޣާން ޕާކިސްތާން ބޯޑަރު މިހާރު ހިމޭން ވެފައިވާ ކަމަށާއި އަދި ޕާކިސްތާނާވީ ސަރަހައްދުވެސް ރައްކާތެރި ކޮށް އޮތްކަމަށް ބުނެފައެވެ.