ތާލިބާނުންގެ އަތުން ހައްގު ހޯދުމަށް އަންހެނުން އިންތިޒާމު ކުރި މުޒާހަރާއަށް ތާލިބާނުން ހުރަސްއަޅައި އަންހެނުންގެ ގައިގައި ތަޅައިފިއެވެ. އަދި ރިއާސީ ގަނޑުވަރާ ހަމައަށް ދާން އުޅުނު މީހުންނަށް ކަރުނަގޭހުން ހަމަލަ ދިނެވެ.

ބައެއް އަންހެނުންގެ މޫނުމަތިން ލޭ އޮހެރެމުންދާ ވީޑިއޯވެސް ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ. ތާލިބާނުން އަންހެނުންނާ ދެކޮޅަށް ކަރުނަގޭސް ޖަހާފައި ވަނީ އެމީހުން ވަޔަށް ބަޑިޖަހައިގެންވެސް އަންހެނުން އެމީހުންގެ ހިނގާލުމާ ގެން ކުރިއަށް ދިއުމުންނެވެ.

މިއަދު ބާއްވާފައިވާ މި ހިނގާލުމަކީ ތާލިބުން ވެރިކަން އަތުލައިގަތް ފަހުން އަފްޣާނިސްތާންގައި ހައްގު ހޯދަން ވެގެން އަންހެނުން ބާއްވާފައިވާ ހަތަރު ވަނަ ހިނގާލުމެވެ. މިހިނގާލުންތަައް އޮންނަނީ ކާބުލްއާއި ހީރާތުގައވެ.