ޗައިނާގައި އުފައްދާފައިވާ ވެކްސިން ބޭނުން ނޫންކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ. ބުރާސްފަތިދުވަހު ޔުނިސެފުން ބުނެފައި ވަނީ އުތުރު ކޮރެއާއިން ބޭނުން ނޫންކަމަށް ބުނެފައި ވަނީ ޗައިނާއިން ދިން ތިން މިލިއަން ވެކްސިން ޑޯޒެވެ.

އުތުރު ކޮރެއާއިން ބުނަނީ އެގައުމުގައި ވެކްސިން ބޭނުން ކުރުމުގެކުރިން ވައިރަން ފެންނަން ޖެހެއެވެ. ތަޖުރިބާކާރުން މިވާހައަށް ޝައްކު ކުރެއެވެ. އަދި އުތުރު ކޮރެއާއިން ބުނާ ގޮތުގައި މި ވަގުތު އެގައުމުން ދަނީ ކާނާލިބުމުގައި ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އުތުރު ކޮރެއާގެ ޕަބްލިކް ހެލްތު މިނިސްޓްރީން ޔުނިސެފަށް އަންގާފައި ވަނީ، ފަގީރު ގައުމުތަކަށް ވެކްސިން ބަހާ ޑަބްލިއުއެޗްއޯގެ ވެކްސިން ޕްރޮގްރާމުގެ ދަށުން އުތުރު ކޮރެއާއަށް ދޭން އުޅޭ ވެކްސިން އެހެން ގައުމުތަކަށް ދިނުމަށެވެ.