ކަޝްމީރުގައި މިހާރު ހޫނު މޫސުމްގެ ފަތުރުވެރިން އާންމު މަންޒިލަކަށް ވެއްޖެއެވެ. ކަޝްމީރުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ ފަރާތްތަކުން ބުނާ ގޮތުގައި މިދިޔަ މޫސުމްގައި ކަޝްމީރު އިޝްތިހާރު ކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް މިހާރު ކަޝްމީރު އަމާން މަގްބޫލު މަންޒިލަކަށް ވެފައިވާ ކަމަށެވެ.
މި ދުވަސް ވަރަކީ ހޫނު މޫސުމްކަމުގައި ވީނަމަވެސް އާދައިގެ ދުވަސްތަކަށް ވުރެން މިހާރު ކަޝްމީރު އުޅެނީ ހޫނު ކޮށެވެ. އެހެންނަމަވެސް އިންޑިއާގެ ފަތުރުވެރިންގެ ގިނަ ބަޔަކު ދަނީ ކޯރުގައި ހަދާފައިވާ ހައުސްބޯޓްތަކުގައިއާއި ބަގީޗާތަކުގައި ވަގުތު ހޭދަ ކުރަމުންނެވެ.
ގިނަ އަދަދެއްގެ ފިލްމީ ދާއިރާގެ ތަރިންވެސް ދޭތެރޭ ދޭތެރޭން ކަޝްމީރަށް ޒިޔާރަތް ކުރަމުން ދާކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުން ބުނެއެވެ.
ކަޝްމީރު މީހުން ބޭނުން ވަނީ ކަޝްމީރަކީ މުޅި އަހަރު ތެރޭ ހުރިހައި މޫސުމެއްގައިވެސް ފަތުރުވެރިކަން އޮންނަ މަންޒިލެއްގެ ގޮތުގައި މީހުންނަށް ތައާރަފް ވާށެވެ.
ކަޝްމީރުގައި ހަމަނުޖެހުން އާންމު ވެގެން ދިއުމުގެ ސަބަބުން ފަތުރުވެރިންނަށް ކަޝްމީރު އޮތީ ބީރައްޓެހި މަންޒިލަކަށް ވެފައެވެ.