ކުރެއްދޫ ރިސޯޓުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެެވ.

ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވަނީ މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމަށެވެ. އަދި އެއީ ފިރިހެނެއް ކަމަށެވެ.

ޢުމުރުން 40 އަހަރުގެ މި ފަތުރުވެރިޔާ މަރުވެފައިވަނީ އެ ރިސޯޓުގެ މަނާ ސަރަހައްދަކަށް މޫދަށް އެރި އުޅެނިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.

މިއަދު ހެނދުނު 11:00 ހާއިރު ހިނގި މި ހާދިސާގައި އެމީހާ ގެނބިގެން ޅ. އަތޮޅުގެ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފައި ކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ.