ޕާކިސްތާނާ ދެކޮޅަށް ކާބުލްގައި ހާހެއްހާ މީހުން އަޑު އުފުލަމުން މުޒާހަރާ ކޮށްފިއެވެ. ޕާކިސްތާނުން އަފްޣާނިސްތާންގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަދެ ގަންނަކަމަށް މުޒާހަރާގެ ބައިވެރިން ގޮވާފައި ވެއެވެ. ކާބުލްގައި ހުންނަ ޕާކިސްތާން އެމްބަސީގެ ކުރިމަތީގައި ބަޑި ޖެހިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާންގެ ޖާސޫސީ އިދާރާގެ ވެރިޔާ ފާއިޒް ޙަމީދު ކާބުލްގައި ހުންނެވި ހޮޓެލް ކައިރިން މީހުން ފިލަން ދުވާ މަންޒަރުވެސް މީސްމީޑިއާގައި އާންމު ވެފައި ވެއެވެ.

ޕާކިސްތާނަށް މަރަށް އެދި ގޮވާފައިވާ މީހުން ބުނެފައި ވަނީ ޕާކިސްތާނުން އަފްޣާނިސްތާންގައި ގޮނޑިކޮއްކޮ ސަރުކާރެއް އިންދަން މަސައްކަތް ކުރަނީ ކަމަށެވެ. އަދި އިސްލާމްއާބާދަށް ވަފާތެރި ގޮނޑިކޮއްކޮ ސަރުކާރެއް ބޭނުން ނުވާކަމަށްވެސް ގޮވާފައި ވެއެވެ.

ރެއާއި އިއްޔެގައިވެސް މީހުން ވަނީ ބަލަޙަ ޕްރޮވިންސްގައިވެސް މުޒާހަރާ ކޮށްފައެވެ.

މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ކާބުލްގައި ތާލިބާނުން ދިރޭ ވަޒަން ބޭނުން ކުރިކަމަށް ރިޕޯޓްތައް ބުނެއެވެ. ރޮއިޓަޒް އިން ބުނގޮތުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ