އދގެ އާންމު މަޖިލީހުގައި ސުލްހައިގެ ސަގާފަތާ ބެހޭ ގޮތުން ބާއްވާފައިވާ މަތީ ފެންވަރުގެ މަޝްވަރާގައި އިންޑިއާއަށް ޕާކިސްތާނުން ފާޑު ކިޔުމުން އިންޑިއާއިން ރައްދު ދީފިއެވެ. ޕާކިސްތާންގެ ފަރާތުން އދގައި ހުންނަވާ ދާއިމީ މަންދޫބު މުނީރު އަކުރަމް ވަނީ ކަޝްމީރާ ބެހޭ ގޮތުން އިންޑިއާއިން ގެންގުޅޭ ސިޔާސަތަށް ފާޑު ވިދާޅުވެފައެވެ.
އަކުރަމްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން އިންޑިއާގެ މިޝަންގެ ފަސްޓް ސެކްރެޓަރީ ވިދާޅުވީ، ޕާކިސްތާނުން ދައްކަމުން ގެންދަނީ އާންމު މަޖިލީހުގެ ބަހުސްގެ މައުޟޫއާ ނުގުޅޭ ވާހަކަތަކެއް ކަމަށެވެ. އަދި ޕާކިސްތާނުން ގައުމުގެ އެތެރޭގައިވެސް އަނިޔާވެރި ހަމަތަކެއް ގެންގުޅެމުންދާ ކަމަށާއި އެހަމަތައް އެހެން ފަރާތްތަކަށްވެސް ފޯރުވަމުން ގެންދާ ކަމަށެވެ. އަދި ޓެރަރިޒަމަކީ، އެއްވެސް ދީނެއްގައި ހުއްދަ ކޮށްފައިވާނެ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ޕާކިސްތާނުން އެއީ ވަސީލަތެއްގެ ގޮތުގައި ކުރިއަށް ނެރެގެން ގެންގުޅޭ ހަމައެއް ކަމުގައި އިންޑިއާގެފަސްޓް ސެކްރެޓެރީ ވިދާޅުވިއެވެ.