އިންޑިއާ އިން ޖީ20 ސަމިޓް ބޭއްވުމަށް ނިންމައިފިއެވެ. 2023ގައި އިންޑިއާއިން ޖީ20 ސަމިޓް ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށްޓަކައި ވިލަރެސް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކޮންސިއުމަރ އެފެއާޒް މިނިސްޓަރ ޕިޔޫޝް ގޯޔަލްއާ އެވެ. އޭނާ އަކީ، ޕާލަމެންޓްގެ މަތީގޭގެ މެޖޯރިޓީ ލީޑަރުވެސް މެއެވެ.

ޖީ20 އަކީ ދުނިޔޭގެ ސިނާއީ އުފެއްދުންތެރި 19 ގައުމާއި ވިލާތު އިއްތިޙާދުގެ މަޝްވަރާތައް ބާއްވާ ބައްދަލުވުމުގެ ޖަމުއިއްޔާއެވެ. މި ގްރޫޕަކީ ދުނިޔޭގެ ޖުމުލަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 80 އިންސައްތަ ޙިއްސާ ކުރާ، އަދި ދުނިޔޭގެ 75 އިންސައްތަ ވިޔަފާރި ޙިއްސާކުރާ އަދި ދުނިޔޭގެ އާބާދީގެ 60 އިންސައްތަ ހިމެނޭ ގްރޫޕެވެ.

2014ން ފެށިގެން ޖީ20ގެ ސަމިޓްގައި އިންޑިއާ ތަމްސީލް ކުރައްވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީއެވެ.

1999ގައި ޖީ20 ވުޖޫދަށް އައުމާއެކު އިންޑިއާއިން ވަނީ މި ޖަމާއަތުގެ މެމްބަރަކަށް ވެފައެވެ.

ޖީ20ގެ ރިއާސަތާ އިންޑިއާއިން ޙަވާލުވާނީ، 1 ޑިސެމްބަރު 2022ގައެވެ. އަދި ފުރަތަމަ ފަހަރަށް ޖީ20ގެ ސަމިޓް އިންޑިއާގައި ބާއްވާނީ 2023ގައެވެ.