އެފްރިކާގެ ގިނީގެ ސަރުކާރު ވައްޓާލުމުގެ ސަބަބުން ޗައިނާގެ ސަޕްލައި ޗެއިންއަށް އަނެއްކާވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ގިނީއަކީ ދުނިޔޭގައި ގިނަ އަދަދެއްގެ އެލްމެނިއަމްގެ ރޯ މާއްދާ އެގައުމުން ކޮނެގެން ނަގާ ގައުމެކެވެ. އަދި ގިނީން ނަގާ އެލްމެނިއަމްގެ މާއްދާ ހިމެނޭ ބޮކްސައިޓް އެންމެ ގިނައިން އެތެރެ ކުރާ ގައުމަކީވެސް ޗައިނާއެވެ.

ޗައިނާއިން ކުރިން އެލްމެނިއަމް ހޯދުމަށް ބަރޯސާ ކުރީ އޮސްޓްރޭލިއާއާއި ގިނީ އަށެވެ. ނަމަވެސް އޮސްޓްރޭލިއާއިން ކުއޯޑް ޖަމާއަތުގައި ބައިވެރިވުމުން ޗައިނާއިން އެލްމެނިއަމްގެ މާއްދާ އެތެރެ ކުރަނީ ގިނީންނެވެ.

ގިނީން ލިބޭ ޚަބަރުތައް ބުނާ ގޮތުން އެލްމެނިއަމްގެ މާއްދާ ނެގުމަށް ހުރަހެއް ނެތެވެ. މިއީ ގިނީއަށް ބޭރު ފައިސާ ލިބޭ އެންމެ މުހިންމު ދާއިރާއެވެ. އަދި މައުދަން ކޮނެގެން ނަގާ ސަރަހައްދުތަކުގައި ކުރިން ބޭރަށް ނިކުމެ އުޅުން މަނާ ކުރުމަށްފަހު މިހާރު ވަނީ މި ސަރަހައްދުތައް ހުޅުވާލާފައެވެ.

ޗައިނާއަށް ކޮވިޑްގެ އައު ރާޅެއް ލައި ގަތުމުގެ ސަބަބުން ބަނދަރުތަކުގެ މަސައްކަތްތައް ވަޅު ޖެހި ދުނިޔޭގެ ސަލްޕައި ޗެއިންއަށް އަސަރުތަކެއް ކޮށްފައި ވެއެވެ.

ބެލެވެ ގޮތުގައި އެލްމެނިއަމްގެ އަގުތައް މަތިވުމާއި ސަޕްލައި ޗެއިންއަށް ހުރަސްތައް ކުރިމަތި ވުމުން އިތުރު މުއްދަތަކަށް މުދާ ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ރޮއިޓާޒް އިން ބުނާ ގޮތުގައި 50 ޑޮލަރަށް ވުރެން ބޮޑުކޮށް އެލްމެނިއަމްގެ ޓަނެއް ދުނިޔޭގެ ބާޒާރުގައި ހުރުމަށްފަހު ހުކުރު ދުވަހުން ފެށިގެން އެއް ޕަސެންޓަށް އަގުތައް ވަނީ އުފުލިގެން ގޮސްފައެވެ. މިއީ 16 އަހަރުގެ ތެރޭގައި އެކްމެނިއަމްގެ އަގު މަތިވާ ފުރަތަމަ ފަހަރެވެ.