ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.

ކާނަލް މުޙައްމަދު އިބްރާހީމް، އިންޑިއާގެ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް އައްޔަންކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވީ އިއްޔެ (2021 ސެޕްޓެމްބަރ 8) ބަންޑާރަކޮށީގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމުގައި ކުރިން ހުންނެވީ ކާނަލް އަޙްމަދު ތާހިރުއެވެ.