ފޮތްތަކުގައި އިސްލާހު ކުރަންޖެހޭ ކަމަށް ފެންނަ އެއްވެސް ކުށެއް ފާހަގަކުރެވިފައިވާނަމަ، އެކަން އެންގުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސްކޫލުތަކުގައި މިހާރު ބޭނުންކުރަމުންދާ އިސްލާމް އަދި ޤުރުއާން ފޮތްތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި ފޮތްތަކުގައި އިސްލާހު ކުރަންޖެހޭ ކަމަށް ފެންނަ އެއްވެސް ކުށެއް ފާހަގަކުރެވިފައިވާނަމަ، އެފަދަ ކުށެއް ހިމެނޭ ފޮތާއި ސޮފްހާ ނަންބަރު އެނގޭހެން ލިޔުމަށްފަހު، އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ގްރޭޑް އެކެއް، ދޭއް، އަދި 10 އަކާއި 12 އިގެ ފޮތްތަކުގައި ޤުރުއާންގެ އާޔަތެއް ޗާޕް ކުރުމުގައި އޮޅުން އަރާފައިވާތީ، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޕްރޫފް ރީޑިން / ކުށް އަޅާކިޔުމުގެ މަރުހަލާ ހަރުދަނާ ކުރުމުގެ ގޮތުން މިނިވަން ޕެނަލެއް ހިމެނޭ ކޮމިޓީއެއް ވެސް އެޑިޔުކޭޝަން މިނިސްޓްރީ ވަނީ އުފައްދާފަ އެވެ.