ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރައީސް މައުމޫންވެސް ވަނީ އެކަން ޔަގީންކޮށްދެއްވާފައެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއަދު އެމަނިކުފާނު ރޯގާގެ އަލާމާތްތައް ފެނިގެން ވަނީ ކޮވިޑްއަށް ޓެސްޓު ކޮށްފައެވެ.

މިރޭ ނަތީޖާ ލިބުނުއިރު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.