ޓައިވާންގައި ނަގާފައިވާ ޚިޔާލު ހޯދުމަކުން ދައްކަނީ ޗައިނާއިން ގެންގުޅޭ އިއްތިހާދީ ޚިޔާލަށް ޓައިވާންގެ މީހުންގެ މެދުގައި މަގްބޫލުކަމެއް ނެތް ކަމަށެވެ. ޗައިނާއިން ބޭނުން ވަނީ އެއްޗައިނާ ދެ ނިޒާމުގެ ސިޔާސީ ފިކުރާ އެއްގޮތަށް ޓައިވާނުން ޗައިނާއާ އިއްތިހާދު ވާށެވެ.

ތައިވާންގެ މެއިންލޭންޑް އެފެއާޒް ކައުންސިލުން ނަގާފައިވާ ޚިޔާލު ހޯދުމެއްގައި 83.9 އިން ސައްތަ މީހުން ބުނެފައި ވަނީ ޗައިނާއާ އިއްތިހާދުވާން އެމީހުން ދެކޮޅު ހަދާ ކަމަށެވެ.

ޓައިޕެއި ޓައިމްސްއިން ބުނެފައި ވަނީ ޓައިވާންގެ ރައީސް ގެންގުޅުއްވާ ޓައިވާންގެ ސަލާމަތީ އަދި ދިފާއީ ކަންކަން ހަރުދަނާ ކުރުމުގެ ވިސްނުން މީހުންގެ މެދުގައި މަގްބޫލު ކަމަށެވެ.

ޓައިވާން ސަރުކާރުން ބުނެފައި ވަނީ މި ޚިޔާލު ހޯދުމުގެ ނަތީޖާ ދައްކާ ގޮތުން ޗައނާ ބެހޭ ގޮތުން ޓައިވާނުން ގެންގުޅޭ ސިޔާސަތަށް މީހުންގެ މެދުގައި މަގްބޫލުކަމެއް އެބަ އޮތެވެ.

މިފަހަކަށް އައިސް ޗައިނާއިން ވަނީ ޓައިވާނާ ދެކޮޅަށް ހަރުކަށިކަން ދައްކާފައެވެ. އަދި މަނަވަރުތައް ޓައިވާނާ ކައިރިއަށް ފޮނުވުމާއި ޓައިވާންގެ ވައިގެ ސަރަހައްދަށް އަސްކަރީ މަތިންދާ ބޯޓް ވައްދައިގެން ޗައިނާއިން ބިރު ދެއްކުމުގެ އަމަލުތައް ހިންގާފައި ވެއެވެ.

ޓައިވާން މީހުންގެ 64 އިންސައްތަ މީހުން ޚިޔާލު ހޯދުމުގައި ބުނެފައި ވަނީ ޗައިނާ މީހުން ޓައިވާނަށް ވަނުން ކޮންޓްރޯލް ކުރުމަށް ގަވާއިދުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އަދި ތައިވާންގެ ފަންނީ މީހުންނަށް ޗައިނާގައި ވަޒީފާ އަދާ ނުކުރެވޭ ގޮތަށް ގާނޫނު ހަރުކަށި ކުރުމަށް ތާއީދު ކުރާ ކަމަށްވެސް ގިނަ ބަޔަކު ބުންޏެވެ.