ތާލިބާނުން ވަނީ އަންހެނުންނަށް އުނގެނުމުގެ ފުރުސަތު ދޭނެ ކަމަށާއި އަދި މަތީ ތަޢުލީމުގައިވެސް އަންހެނުންނަށް އުނގެނުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައެވެ. ޕާކިސްތާންގެ ޑޯން ނޫހުން ތާލިބާންގެ މަތީ ތަޢުލީމާ ބެހޭ މިނިސްޓަރ އަބްދުލް ބާގީ ހައްގާނީއާ ޙަވާލާދީ ބުނެފައި ވަނީ އަންހެނުންނަށް ކިޔަވައި ދޭނީ އަންހެނުންނެވެ. އަދި އަންހެނުންނާއި ފިރިހެނުން ޔުނިވަރސިޓީތަކުގައި ބައިތިއްބާނީ ވަކިކޮށްފައެވެ. އަދި ތާލިބާނުން އިސްލާމް ދީން މާނަ ކުރާ ހަމަތަކާ އެއްގޮތަށް އަންހެނުން ޔުނިފޯމެއް އަޅަންވާނެ ކަމަށާއި ނިވާކޮށްގެން ތިބުމަކީ މަޖުބޫރު ކަމެއް ކަމަށް އޭނާ ބުންޏެވެ.
ތާލިބާންގެ ވަޒީރު ބުނިގޮތުގައި އަފްޣާނިސްތާންގެ ޔުނިވަރސިޓީ ތަކުގައި ކިޔަވައިދޭ މާއްދާތައް ތާލިބާނުން މުރާޖައާ ކުރާނެއެވެ.
ތާލިބާންގެ މަތީ ތަޢުލީމާ ބެހޭ ވަޒީރަކީ ޔުނިވަރސިޓީ ތަޢުލީމު ހާސިލުކޮށްފައިވާ މީހެއް ނޫނެވެ.
ތާލިބާނުން އަންހެނުންނަށް ވަކި ޔުނިފީމެއް މަޖުބޫރު ކުރަމުން ދިއުމުގެ ސަބަބުން ހޮނިހިރު ދުވަހު މުޅިން ކަޅު ހެދުމުން ނިވާކޮށްފައިވާ އަންހެނުންގެ ބަޔަކު ވަނީ މަގުތަކަށް ނިކުމެ މޖުޒާހަރާ ކޮށްފައެވެ.
ހައްގާނީ ބުނިގޮތުގައި އަންހެނުންނަށް ފިރިހެނުން ކިޔަވައިދެނީ ނަމަ، އެކަން ކުރާނީ ވީޑިއޯގެ ޒަރީއާއިންނެވެ. އަދި އޭނާ ބުނެފައި ވަނީ ތާލިބާނުން ދެ ޖިންސްގެ ދެމެދު ތަފާތުކޮށް ވަކިކޮށްފައި ބޭވުމުގެ ސކިޔާސަތު ވަރަށް ހަރުކަށި ކަމާއެކު ތަންފީޒު ކުރާނެއެވެ.