މެންޓަލް ހެލްތު ދާއިރާއިން މީހުން ބިނާ ކުރުމުގެ ސްކޮލާޝިޕްތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ބުނީ މި ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާސިލުކޮށްފައިވުން ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމް.އެން.ކިޔު.އެފް)ގައި ވާގޮތުން، މާސްޓަރސް ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވާން ޖެހޭނެކަމަށެވެ. އަދި ކޯސް ފުރިހަމަ ކުރުމަށް އެދޭ ޔުނިވަރސިޓީގެ ފަރާތުން ކަނޑައަޅާ ކްރައިޓީރިއާ ފުރިހަމަވާންޖެހޭނެ ކަމަށެވެ.

ސްކޮލަރޝިޕް ތަކުގައި ކިޔެވުމަށް ހުޅުވާލާފައިވާ ކޯސްތަކާއި އެކޯސްތައް އެލޮކޭޓް ކޮށްފައިވާ މުވައްސަސާތައް

އައިޖީއެމްއެޗް

މާސްޓަރސް އިން ނާރސިންގ (ސައިކިއޭޓްރިކް ނާރސިން/މެންޓަލް ހެލްތު ނާރސިން) - 4 ފުރުޞަތުމާސްޓަރސް އިން ކްލަނިކަލް ސައިކޮލޮޖީ - 2 ފުރުޞަތުމާސްޓަރސް އިން ކައުންސެލިން/ސައިކޯތެރަޕީ - 2 ފުރުޞަތުމާސްޓަރސް އިން ސައިކިއޭޓްރީ - 2 ފުރުޞަތު

މިނިސްޓްރީ އޮފް ހެލްތު

މާސްޓަރސް އިން އެޑިކްޝަން ސްޓަޑީޒް/އެޑިކްޝަން މެނޭޖްމަންޓް - 5 ފުރުޞަތުމާސްޓަރސް އިން ނާރސިން - 5 ފުރުޞަތުމާސްޓަރސް އިން ކްލިނިކަލް ސައިކޮލޮޖީ - 6 ފުރުޞަތުމާސްޓަރސް އިން ކައުންސެލިން - 7 ފުރުޞަތު

މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް

މާސްޓަރސް އިން ނާރސިންގ (ސައިކިއޭޓްރިކް ނާރސިން/މެންޓަލް ހެލްތު ނާރސިން) - 2 ފުރުޞަތުމާސްޓަރސް އިން ކްލިނިކަލް ސައިކޮލޮޖީ - 2 ފުރުޞަތުމާސްޓަރސް އިން ކައުންސެލިން/ސައިކޯތެރަޕީ - 1 ފުރުޞަތު

މިނިސްޓްރީ އޮފް އެޑިއުކޭޝަން

މާސްޓަރސިން އިން ލާރނިން ޑިސްއެބިލިޓީސް - 8 ފުރުޞަތު

ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ސަރުކާރުން ކުރާގޮތަށް ހަމަޖައްސައިފައި ވަނީ 46 ސްކޮލަރޝިޕް ފުރުސަތެވެ. އެޑިއުކޭޝަނުން ވިދާޅުވީ މިދާއިރާއިން ކިޔެވުމުގެ ފުރުޞަތު ދިނުމަށް ނިންމައިފައި ވަނީ މިދާއިރާއަކީ ތަމްރީންވެފައިވާ މީހުން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ދާއިރާއެއް ކަމަށްވުމުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.