ބައިނަލްއަގްވާމީ ސެޓެލައިޓް ވިޔަފާރީގައި އިންޑިއާގެ ހިއްސާ އިތުރުރުކުރުމުގެ މަގްސަދުގައި އިންޑިއާގެ ސްޕޭސްގެ ދާއިރާ ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލަން ނިންމައިފިއެވެ. މިހާރު އެކުލަވާލަމުންދާ އައު ގަވާއިދުގެ ދަށުން އިންޑިއާގެ އަމިއްލަ ފަރާތްތަކާއި ބޭރުގެ ކުންފުނިތަކަށްވެސް ސްޕޭސް ސެކްޓަރގައި އިންވެސްޓް ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އިންޑިއާއިން ބުނެއެވެ.

ދުނިޔޭގެ ޖައްވީ ދާއިރާގެ ވިޔަފާރީގައި އިންޑިއާގެ ހިއްސާއަކީ ދޭއް އިން ސައްތައެވެ. އިންޑިއާ ސަރުކާރުގެ އަމާޒަކީ މި އަދަދު ދިހައެއް އިންސައްތައަށް އިތުރު ކުރުމަށެވެ.

އިންޑިއާގައި ޖައްވީ މަސައްކަތާ ބެހޭ ގަވާއިދުތައް ހިންގަނީ އިންޑިއަން ސްޕޭސް ޕްރޮމޯޝަން އެންޑް އޮތޯރައިޒޭޝަން ސެންޓަރ އިންނެވެ.

އަމިއްލަ ފަރާތްތަކަށް ޖައްވީ ދާއިރާގައި އިންވެސްޓް ކުރުމަށް އިންޑިއާއިން ހުޅުވާލީ މިދިޔަ އަހަރުގެ ތެރޭގައެވެ. އިންޑިއާއިން އަމިއްލަ އެތައް ކުންފުންޏަކުން ސެޓެލައިޓް ފނުވުމާއި ރޮކެޓް ޓެކްނޮލޮޖީގައި މަސައްކަތް ފަށާފައި ވެއެވެ.