އަފްޣާނިސްތާން މައްސަލާގައި އިންޑިއާއކު މަސައްކަތް ކުރެއްވުމުގެ ގޮތުން ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުޙާން މި ހަފްތާގައި އިންޑިއާއަށް ޒިޔާރަތް ކުރައްވާނެއެވެ. ތާލިބާޏުން ވެރިކަމަށް އައުމުން ބައެއް ގައުމުތަކުން އަވަސްވެގޮތަށް ސައޫދީން ތާލިބާން ބަލަލއި ގަތުމުގައި އަވަސްވެގެން ފައެއް ނުވެއެވެ.

މި ދަތުރުފުޅަކީ ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްޙާން މަގާމުގެ ހައިސިއްޔަރތުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ސައޫދީ އަރަބިއްޔާއަކީ އަފްޣާނިސްތާންގައި ބަސްވިކޭ ގައުމެއް ކަމުން ސައޫދީން އަފްޣާނިސްތާންގައި މުހިންމު ސައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. އިންޑިއާއިން ގެން ގުޅޭ ސިޔާސަތަކީ ގައުމުތަކުން ވަކިވަކިން އަފްޣާނިސްތާންގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ގުޅިގެން އދގެ ބެލުމުގެ ދަށުން މަސައްކަތް ކުރުމަށެވެ.