ކަރާޗީގައި ހިންދީންގެ ފައްޅިއެއް ތަޅާލި މައްސަލައެއް ތަހްގީގު ކުރަން ފަށައިފިއެވެ. ހިންދީން ބުނާ ގޮތުގައި މިއީ އެމީހުން އަޅުކަމަށް ދާދި ފަހަކާ ޖެހެންދެންވެސް ބޭނުން ކުރި ތަނެކެވެ. ނަމަވެސް ކޮރޯނާއާ ގުޅިގެން މިތަން ބަންދު ކުރީ ކަމަށެވެ.
ޕާކިސްތާންގައި ދޭތެރޭން ފައްޅިތައް ތަޅާލައިގެން މައްސަލަތައް ކުރިމަތިވެފައި ވެއެވެ.
[embed]https://twitter.com/smendhro/status/1295284462994042880?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1295421215620956160%7Ctwgr%5E&ref_url=https%3A%2F%2Fwww.samaa.tv%2Fnews%2F2020%2F08%2Fkarachi-lyari-pre-partition-hindu-temple-demolished%2F[/embed]
ހިންދީން ބުނާ ގޮތުގައި ފައްޅިތަކަށް މީހުންނަށް އަތްގަދަ ކޮށްލެވެނީ، މިއީ އެތައް ގަރުނެއް ވެފައިވާ އާންމުންގެ ތަންތަން ކަމުން މިތަންތާގެ މިލްކުވެރިކަމެއް ސާބިތުކޮށްދޭފަދަ ލިޔުންތަކެއް ނުހުރެއެވެ.
ކަރާޗީގައި ލަޔާރީ ހިސާބުގައި ތަޅާލާފައިވާ ފައްޅިއަކީވެސް 200 އަހަރު ވެފައިވާ ފައްޅިއެކެވެ.
މިތަން ތަޅާލާފައިވަނީ މިތާގައި އިމާރާތެއް ބިނާކުރުމަށްކަމަށް މި ބިމުގައި އިމާރާތް ކުރާ ފަރާތުން ބުނެއެވެ. ފައްޅި ތަޅާލާފައިވަނީ ދަންވަރުގެ ވަގުތެއްގައެވެ.
ހިސާބުގަނޑުގައި މައްސަލަ ބޮޑުވެ މަސްލަހަތު ގެއްލިފައިވުމާއެކު ފުލުހުން ވަނީ ތަން ބަންދުކޮށްފައި މައްސަލަ ތަހްގީގުކުރަން ފަށާފައެވެ.