އއ. ބޮޑުފުޅުދޫގައި ގާތުން ކިރު ދެނިކޮށް 1 މަހާއި 5 ދުވަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.

ބޮޑުފުޅުދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމްއާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު ގާތްގަނޑަކަށް 11:30 ހާއިރުއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ކުއްޖާއަށް ގާތުން ދޭން އޮއްވައި މަންމައަށް ނިދުނީ ކަމަށެވެ. ހޭލެވުނުއިރު ކުއްޖާގެ ނޭފަތުން ލޭއައިސްފައި ހުރި ކަމަށާއި އަނގައިން ހޮޑުއައިސްފައި ހުރި ކަމަށެވެ. އާއިލާއިން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ވިދާޅުވި އެވެ.

ފުލުހުންނަށް މި މައްސަލަ ހުށައަޅާފައިވާ ކަން ސުޖާއު ވަނީ ފާހަގަކުރައްވާފައެވެ.