ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރުމަށް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފި އެވެ.

80 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މިސްކިތް ޢިމާރާތް ކުރުމަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 4.3 މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ނިންމާފަ އެވެ.