ރާއްޖެއިން މިއަދު ކޮވިޑު ޕޮޒިޓިވް ވީ 92 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން ޕޮޒިޓިވް ވި 92 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން 38 މީހުންނާއި އަތޮޅުތަކުން 51 މީހުންނާއި ރިސޯޓްތަކުން 3 މީހުން ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 83،162 އަށް އަރާފަ އެވެ.

1،832 މީހުން ރާއްޖެއިން މިވަގުތު ފަރުވާ ހޯދަމުންދާ އިރު، މީގެތެރެއިން 21 މީހުންނަށް ފަރުވާދެނީ އެޑްމިޓްކޮށްގެން ނެވެ.

ފާއިތުވި 24 ގަޑިއިރު 141 މީހުން ކޮވިޑު ބަލިން ރަނގަޅުވެފައިވާ އިރު، މިބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 81،090 އަށް އަރާފަ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވަނީ 5،526 މީހަކު ޓެސްޓުކޮށްފަ އެވެ.

މިބަލީގައި މިހާތަނަށް 227 މީހުން ރާއްޖޭގައި ވަނީ މަރުވެފަ އެވެ.