ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށްޓަކައި އެކި މީހުން އެކި ބާވަތްބާވަތުގެ ކެއުމާއި ބުއިން ޚިޔާރު ކުރެއެވެ. ތަފާތު ކަސްރަތުކޮށް އުޅެއެވެ. އެގޮތުން ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގައި އެކި ގުނަވަންތަކުގެ ދައުރު ތަފާތެވެ. ފުރަމެއަކީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ.

ފުރަމޭގައި އުފެދޭ ވިހައިގެ ބާވަތްތަކުގެ ސަބަބުން ސިއްޙަތަށް ނުރައްކާވެއެވެ. އެހެންކަމުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ފުރަމޭގެ ސިއްޙަތު މުހިއްމެވެ. މި "ޑިޓޮކްސް" ބުއިމަކީ ފުރަމޭގެ ޞިއްޙަތު ރަނގަޅުކޮށްދޭ ބުއިމެކެވެ.

ފުރަމެއަކީ މީހުން ހީކުރާވަރަށް ބޮޑު ގުނަވަނެކެވެ. މި ގުނަވަން އުފެދިފައިވަނީ ފުއްޕާމެއާ ދިމާ ތިރީގައެވެ. އަދި މިއީ ހަށިގަނޑުގައި ވަރަށް މުހިއްމު އަދި އެހާމެ ނާޒުކު ދައުރެއް އަދާކުރާ ގުނަވަނެކެވެ. ފުރަމެއިން ހަށިގަނޑުގައި ދައުރުވާ ލޭ ސާފުކޮށްދީ ބޭކާރު މާއްދާތައް ވަކިކޮށްދެއެވެ. އަދި މިނޫނަސް ފުރަމެއިން އަހަރެމެން ކާ ކާނާގައި އެކުލެވިގެންވާ ނިއުޓްރިއަންޓްސް ވަކިކޮށް ރައްކާކޮށްދެއެވެ.

ފުރަމެއަކީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމަށް ކިހާ ވަރެއްގެ ދައުރެއް އަދާކޮށްދޭ ގުނަވަނެއްކަން އެނގޭހެއްޔެވެ؟ ދުޅަހެޔޮ ފުރަމެއަކުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.

ތިރީގައި މިވަނީ ފުރަމޭގެ ޞިއްޙަތު ރަނގަޅުކޮށްދީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ ޖޫހެކެވެ.

ބޭނުންވާ ތަކެތި

3 ލުނބޯގެ ހުތް

1 ޖޯޑު ޕާސްލީ ( ކޮށާފައި)

5 ސެލެރީ

6 ޖޯޑު ފެން

ތައްޔާރުކުރާނެގޮތް

ލުނބޯހުތާއި ޕާސްލީ އަދި ސެލެރީ މިކްސަރު ތަށްޓަށް އަޅާ ގިރާލާށެވެ. އެއަށްފަހު ފެން އަޅައިގެން ގިރާލާށެވެ.

މި ޖޫސް ދުވާލަކު 3 ފަހަރު 3 ދުވަސް ވަންދެން ބޯށެވެ. މި ޖޫސްބޯ ތިންދުވަހު ގިނައިން ނުކާށެވެ. ތިންދުވަހުން ނަތީޖާ ފެންނާނެއެވެ.

މައުލޫމާތު: ޓިޕްސް އެންޑް ޓްރިކްސް