އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުގެ މަގާމަށް ލިޒް ޓްރަސް އައްޔަން ކޮށްފިއެވެ. މި މަގާމުގެ އިތުރުން ކުރިން އޭނާ ފުރުއްވަމުން ގެންދެވި އަންހެނުންނާ ބެހޭ ވަޒީރުގެ ގޮތިގައިވެސް އޭނާ ހުންނަވާނެއެވެ.

ކުރީގެ ޚާރިޖީ ވަޒިރު ޑޮމިނިކް ރާބް ވަނީ ބޮޑު ވަޒީރުގެ ނާއިބް ކަމުގައި ހަމަޖައްސާފައެވެ. އަދި އޭނާއާ ޙަވާލު ކުރެވިފައިވަނީ ޖަސްޓިސް މިނިސްޓަރު ކަމެވެ.

ވިލާތު އިއްތިހާދުން އިނގިރޭސިން ބޭރުވުމަށްފަހު އައު ވިޔަފާރި ފުރުސަތުތައް ހޯދުމަށް އިނގިރޭސިން ކުރި މަސައްކަތުގައި ޖަޕާނާއި އޮސްޓްރޭލިއާއާއެކު ހެދިގެން ދިޔަ ވިޔަފާރި އެއްބަސްވުންތަކުގައި ލިޒް ޓްރެސްގެ ޙިއްސާ ވަރަށް ބޮޑެވެ. އަދި މިކަމަށް އޭނާއަށް ތަޢުރީފް ކޮށްފައި ވެއެވެ.