އަވަށްޓެރި އިންޑިއާ އިން ރާއްޖެއަށް އައު ސަފީރަކު އައްޔަން ކުރައްވައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން ރާއްޖެ އަށް ކަނޑައެޅީ މިވަގުތު އޮމާންގައި ހުންނެވި އެ ގައުމުގެ ސަފީރު މުނޫ މަހާވަރެވެ.

ވަރަށް އަވަހަށް އޭނާ ރާއްޖެ ވަޑައިގެން މަގާމާ ހަވާލުވާނެ ކަމަށްވެސް އިންޑިއާއިން ބުނެފައިވެއެވެ.

ރާއްޖޭގައި މިހާރު ހުންނެވި ހައި ކޮމިޝަނަރު ސުދީރު މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ މާރިޗު މަހު އެވެ.