އެއްވެސް ގައުމަކުން ތާލިބާންގެ ސަރުކާރު ބަލައިގަތުމަށް އަވަސް ވެގެން ނޫޅޭކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްޖީ ލާވްރޯވް ވިދާޅުވެއެވެ. ދޫޝާމްބޭގައި ނޫސްވެރިންނާ ވާހަކަ ދސައްކަވަމުން އޭނާ ވިދާޅުވީ މިހާތަނަށް އެއްވެސް ގައުމަކުން ތާލިބާންގެ ސަރުކާރު ބަލައިގެންފައެއް ނުވެއެވެ. އެންމެންވެސް ބޭނުން ވަނީ އެބަޔަކަށް ބޭނުންވާ މައްސަލަތަކުގައި ތާލިބާނާ ވާހަކަ ދައްކާށެވެ. އެންމެނަށްވެސް ސަލާމަތީކަންކަން މުހިންމެވެ. ރައްޔިތުންގެ ހައްގުތަކަށް ތާލިބާނުން އިޙުތިރާމް ކުރަން އެންމެންވެސް ބޭނުން ވެއެވެ. ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށްވެސް ހުރަހެއް ނޭޅި ހިނގަން ބޭނުން ވެއެވެ. ރަސްމީކޮށް އެއްވެސް ގައުމަކުން އަދި ތާލިބާނުން ބަލައިގަންނާކަށް ބޭނުމެއް ނުވެއެވެ.

ލާވްރޯވް ވިދާޅުވިގޮތުގައި ތާލިބާނުން ބވަނީ އެމީހުންގެ ލަނޑުދަނޑިތައް ކަނޑައަޅާފައެވެ. އޭގެ ތެރޭގައކި އެއްވެސް ގައުމަކަށް ނުރައްކާ ނުކުރުމާއި އަވަށްޓެރި ގައުމުތަކުގައި ހަމަނުޖެހުން ނުއުފެއްދުމާއި ޓެރަރިޒަމަށް ވާގިވެރި ނުވުމާއި މަސްތުވާ ތަކެއްޗަށް ހިތްވަރު ނުދިނުން ހިމެނެއެވެ.

އޭނާ ވިދާޅުވިގޮތުގައި އެހެން ގައުމުތަކެކޭ އެއްފަދައިން ތާލިބާނުންގެ ލަނދުދަނޑިތަކަށް ރަޝިޔާއިން ވެސް ވަނީ ތާއީދުކޮށްފައެވެ. އަދި ތާލިބާނުންނާ މެދު ގޮތެއް ނިންމުން މާ އަވަސްކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާއިން ތާލިބާނާއެކު ވާހަކަ ދައްކަމުން ގެންދަނީ ސެންޓްރަލް އޭޝިއާގެ ގައުމުތަކަށް ނުރައްކަލެއް ކުރިމަތި ވިޔަ ނުދިނުމަށެވެ.

ރަޝިޔާއިން ތާލިބާނަށް އެއްވެސް ކަމަކަށް ޝަތުރެއް ކަނޑައަޅާފައި ނުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.