އިނގިރޭސިވިލާތުން ޗައިނާއަށް މާބޮޑަށް ބަރޯސާ ކުރާ ކަމަށް ވިދާޅުވެ އިނގިރޭސިން ހޭލުންތެރިވާން ވެއްޖެ ކަމުގައި އެމްޕީ އަދި ކޮންސަރވެޓިވް ޕާޓީގެ ކުރީގެ ލީޑަރ އިއާން ޑަންކަން ސްމިތު އިނގިރޭސިންނަށް ފާޑު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ޗައިނާއަށް ބަރޯސާވުން ދޫކޮށްލައި އިންޑިއާއަށް ވިޔަފާރި ދޭންވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ ޗައިނާއަށް އެންމެ ބޮޑު އަސަރެއް ކުރަނީ ގިނަ ގައުމުތަކުން އެކަޑިގަނޑަކަށްވެ ޗައިނާއާ ދެކޮޅަށް ނިކުތުމުންނެވެ. އަދި ޕާލަމެންޓްތަކުގެ މެމްބަރުންވެސް ޗައިނާއާ ދެކޮޅަށް އެއްބައިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހެން ވެގެން ދިއުމުން ޗައިނާގެ ގަނާކުރުމާ ކުރިމަތިލާން ޖެހޭ ކަމަށާއި ޗައިނާއަށްވެސް ޖެހޭނީ ވިޔަފާރިއާއި އިންސާނީ ހައްގާއި ގާނޫނީ ހުކޫމަތެއް ހިންގަމުގައި ބައިނަލްއަގްވާމީ ހަމަތަކަށް ފެތިގެން އުޅުމަށެވެ.

ސްމިތު ވިދާޅުވީ އިނގިރޭސި ސަރުކާރުން ނިއުކްލިއަރގެ ދާއިރާގައި ޗައިނާއަށް މާބޮޑަށްވެސް ބަރޯސާ ކުރެއެވެ. އަދި އިގިރޭސިވިލާތުން ވާވޭ ކުންފުނި ބޭރުކުރުމާ ހަމައަށް އިނގިރޭސިން ޗައިނާއަށް މުވާސަލާތު ކުރުމުގައި ބަރޯސާވި ކަމަށް ވިދާޅުވެއެވެ.