އިންޑިއާގައި 200 ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏަކަށް ވެގެން ދިޔަ ފުރަތަމަ ޓެކްނޮލޮޖީ ކުންފުންޏަކީ ޓާޓާ ކޮންސަލްޓެންސީ ސާވިސްއެވެ. އަދި އިންޑިއާގެ އެންމެ އަގު ބޮޑު ކުންފުންޏަކީ ރިލައެންސް އިންޑަސްޓްރީޒް އެވެ. ރިލައެންސް އަކީ 205 ބިލިއަން ޑޮލަރުގެ ކުންފުންޏެކެވެ.

50 އަހަރު ވެފައިވާ ޓާޓާ ކޮންސަލްޓެންސީން ޙިއްސާގެ ބާޒާރުގައި ބައިވެރިވެ ހިއްސާ ވިއްކަން ފެށީ 2004 ގައެވެ. އެކުންފުނިން ފުރަތަމަ 100 ބިލިއަން ހަމަ ކުރީ 13.5 އަހަރުގެ ތެރޭގައެވެ. ދެވަނަ 100 ބިލިއަން ޑޮލަރު ހަމަކުރަން ނެގީ އެންމެ 3.5 އަހަރެވެ.

ޓާޓާ ކޮންސަލްޓެންސީއަކީ ދުނިޔޭގެ އެކި ގައުމުތަކަށް އައިޓީއާއި ގުޅުން ހުރި ކޮންސަލްޓެންސީގެ ޚިދުމަތްދޭ ކުންފުންޏެކެވެ.

ޓާޓާ ކޮންސަލްޓެންސިއާއި އެންމެ ގާތުން ވާދަ ކުރާ އެކްސެންޗަރ ކުންފުންޏަކީ 216 ބިލިއަން ޑޮލަރުގެ ކުންފުންޏެކެވެ. އިންފޯސިސްއަކީ 99 ބިލިއަން ޑޮލަރުގެ ކުންފުންޏެކެވެ.