އިންޑިއާއާއި ނައިޖޭރިއާގެ އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށްޓައި ސަލާމަތީ، ދިފާއީ އަދި ޚާރިޖީ ދާއިރާގެ މަސްއޫލުވެރިން ހިމެނިވަޑައިގަންނަވާ އިންޑިއާ ވަފްދެއް ނައިޖޭރިއާއަށް ވަޑައިގެންފިއެވެ. މިއީ މިފަދަ ދަތުރެއް ބާއްވާފައިވާ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ވަފްދުގައި އިސްކޮށް ހުންނަވަނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓޭރިއެޓްގެ އެވައިޒަރެވެ. އޭނާއާއެކު ވައިގެ ސިފައިންނާއި ކަނޑާއި އެއްގަމު ސިފައިންގެ އިސްވަފްދަކާއި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވަފްދަކާއި ޑިފެންސް މިނިސްޓްރީގެ ވަފްދެއްވެސް ހިމެނެއެވެ.

ނައިޖޭރިއާގައި މި ވަފްދުން ވަނީ ސަލާމަތީ ދިފާއީ އަދި އަސްކަރީ ފަރާތްތަކާއި، ސިޔާސީ ލީޑަރުންނާއެކު ދެ ގައުމުގެ ގުޅުމާ ބެހޭ މަޝްވަރާތައް ބާއްވާފައެވެ.