ދުނިޔޭގައި 2022 ގައި އެންމެ ބާރަށް ކުރިއަރައިގެންދާނެ ދެ އިގްތިސާދަކީ ޗައިނާއާއި އިންޑިއާކަމަށް އދން ބުނެފިއެވެ. އދގެ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް އަންކްޓެޑްއިން ބުނެފައި ވަނީ 2022 ގައި އިންޑިއާގެ ގައުމީ އުފެއްދުންތެރިކަން 6.7އިން ސައްތައިގައި ކުރިއަރައިގެން ދާނެ ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބާރަށް ކުރިއަށް ދާނެ ދެ އިގްތިސާދަކީ ޗައިނާއާއި އިންޑިއާ ކަމަށެވެ.

އަންކްޓެޑްއިން ބުނާ ގޮތުން ހިނގަމުން މިދާ މާލީ އަހަރު 2021ގައި އިންޑިއާގެ ގައުމީ އުފެއްދުންތެރިކަން ކުރިއަށް ދާނީ 7.2 އިންސައްތައި ގައެވެ. މިއީ ހަތަރު އަހަރުގެ ތެރޭގައި ގައުމީ އުފެއްދުންތެރިކަން އެންމެ މަތިވެފައިވާ އަހަރުކަމަށްވެސް ބުނެފައި ވެއެވެ.

ކޮވިޑްއާ ގުޅިގެން 2020ގައި އިންޑިއާގެ ގައުމީ އުފެއްދުންތެރިކަން ވަނީ 7 އިންސައްތައަށް ކުޑަވެގެބް ގޮސްފައެވެ. އިންޑިއާއަށް ދެވަނަ ކޮވިޑް ރާޅެއް ބިންދާލުމުގެ ސަބަބުން ނޭނގި ތިއްބައި މުދަލާއި ޚިދުމަތުގެ އަގުމަތިވެގެން ދިޔަކަމަށްވެސް ބުނެފައި ވެއެވެ.