ފ. ނިލަންދޫ ކައުންސިލް މެމްބަރު އަޙްމަދު ޝިޔާމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

ޝިޔާމް ޖޭޕީއާ ގުޅިވަޑައިގެންނެވި ފޯމް، މާމިގިލީ އެއާޕޯޓްގައި ބޭއްވި ހަފްލާއެއްގައި ހަވާލުވެވަޑައިގަތީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

ޝިޔާމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ، އެޕާޓީއަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި މަސައްކަތްތައް ކުރާ ޕާޓީއަށް ވާތީ ކަމަށެވެ.

ޝިޔާމްގެ އިތުރުން ނިލަންދޫން އިތުރު މެމްބަރުންތަކެއް ޗެސް ވަނީ ޖޭޕީއަށް ސޮއިކޮށްފައެވެ.