ޗައިނާގެ ރައީސް ގައުމުން ބޭރަށް ވަޑައި ނުގަންނަވާތާ މިހާރު 600 ދުވަސް ވީއެވެ. ރައީސް ޝީ ޖިންޕިންގ އެންމެ ފަހުން ގައުމަށް ބޭރަށް ވަޑައިގަތީ ޖެނުއަރީ 2020ގެ 18 ވަނަ ދުވަހު މިޔަންމާރއަށް ކުރެއްވި ދަތުރުފުޅުގައެވެ. މިއަހަރު ރައީސް ޝީގެ ހުރިހައި ބައްދަލުވުންތައް އޮތީ މަޖާޒީ ކޮށެވެ.

އެންމެ ފަހުން އޭނާ ބައިވެރިވެ ވަޑައިގަތް ބައްދަލުވުމަކީ 9 ސެޕްޓެމްބަރުގައި އޮތް ބްރިކްސް ސަމިޓެވެ. މިއީވެސް މަޖާޒީ ބައްދަލުވުމެކެވެ.

ބްލޫމްބަރގް ބުނާ ގޮތުން ޝީ ވަނީ އެމެރިކާގެ ރައީސާއެކު ފޯނުން ވާހަކަ ދައްކަވާފައެވެ. އެއީ 10 ސެޕްޓެމްބަރު ގައެވެ.

ދުނިޔޭގެ ކުރިއަރަމުން ދާ ބޮޑު އިގްތިސާދުގެ ވެރިޔާގެ ބައިނަލްއަގްވާމީ ދަތުރުތަކުން ނުފެނުމަކީ މީހުންނަށް ނުތަނަވަސްކަން ލިބޭނެ ކަމެކެވެ. ޗައިނާ ރައިސްގެ ސިއްޙަތާ މެދު ބައެއް ވާހަކަތައް މިދިޔަ ތާނގައި ދެކެވިފައި ވެއެވެ. ބައްދަލުންތައް ކެންސަލް ކުރެވިފައި ވެއެވެ. ތަރްގީރުތައް ދެއްވުން ފަސް ކުރެވިފައި ވެއެވެ.

2012ގެ ސެޕްޓެމްބަރު މަހު، އެމެރިކާގެ ޚާރިޖީ ވަޒީރާއެކު އޮތް ބައްދަލުވުމަކާއި ޑެންމަރކާއި ސިންގަޕޫރުގެ ބޮޑުވަޒީރާއެކު އޮތް ބައްދަލުވުމެއްވެސް އިތުރު ތަފްސީލަކާ ނުލައި ކެންސަލް ކުރެވިފައި ވެއެވެ. މި ފަދަ ކަންކަމަކީ ޗައިނާގައި އާންމު ކަންކަމެއް ނޫނެވެ.

އެއަށްފަހު ދެން ރިޕޯޓްކޮށްފައިވާ ވާހަކައަކީ، މާޗް 2019ގައި އިޓަލީއާއި މޮނާކޯއާއި ފްރާންސަށް ޝީ ކުރެއްވި ދަތުރުފުޅުގައި ކޮރެއް ޖައްސަވައިގެން ހިންގެވިކަމުގެ ވާހަކައެވެ. އަދި އެކްރޯންއާއެކު އޮތް ބއްދަލުވުމެއްގައި ގޮނޑީގައި އަތްޖައްސަވައިގެން އިށީންނެވި ކަމަށްވެސް ރިޕޯޓް ކުރެވުނެވެ.

2020ގެ އޮކްޓޯބަރުގައި ޝެންޒެންގައި ވާހަކަ ދެއްކެވި އިރު ޝީ ގިނަ ފަހަރަށް ކެއްސެވި ކަމަށްވެސް ރިޕޯޓް ކޮށް ޗައިނާގެ ސިއްޙީ ހާލުކޮޅާ މެދު ސުއާލުކޮށްފައި ވެއެވެ. މި ބައްދަލުވުން ފަށާފައިވަނީ ވެސް އިއުލާންކޮށްފައިވާ ވަރަށް ވުރެން ލަހުންނެވެ.

އޮކްޓޯބަރު 2021ގައި ރޯމްގައި ޖީ20ގެ ބައްދަލުވުމެއް ހަމަޖައްސާފައި ވެއެވެ. މި ބައްދަލުވުމަށް ޝީ ވަޑައިގަންނަވާނެ ކަމެއް އަދި ޔަގީނެއް ނޫނެވެ.

ޝީގެ ބައިނަލްއަގްވާމީ ދަތުރުފުޅުތައް ނުބޭއްވެވުމުން ޗައިނާއާއެކު މައްސަލަތައް އޮންނަ ގައުމުތަކުން ކަންކަން ސާފުކޮށްލަން ބޭނުންވާ ފުރުސަތުވެސް ގެއްލިގެން ދެއެވެ.