ސޫދާންގެ އަލް ބަޝީރުގެ ސަރުކާރު ވައްޓާލުމުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު އެއް ފަރާތަކީ އެގައުމުގައި ސަރުކާރިގެ ބޮޑެތި ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތައް ނަގަމުން ދިޔަ ކުންފުންޏެކެވެ. ސޫދާންގެ ޖާސުސީ އިދާރާގެ މައި މަރުކަޒު އިމާރާތް ކުރުމާއި ކެބިނެޓް ބާއްވާ ހޯލް މަރާމާތު ކުރުމާއި ރައީސް އުމަރު ހަސަން އަލް ބަޝީރުގެ ޗުއްޓީ ގަނޑުވަރު މަރާމާތު ކުރުންފަދަ ހައްސާސް ހުރިހައި މަސައްކަތެއް ކުރަމުން، ސަރުކާރުގެ ބޮދެތި ކޮންސްޓްރަކްޗަން ޕްރޮޖެކްޓްތައް ނެގީ މިކުންފުންޏެވެ. ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ބޭރުގެ ކުންފުނިތަކަށް ސޫދާންގައި މަސައްކަތެއް ނުކުރެވެއެވެ.

ޗައިނާގެ ދެމަފިރިން ކަމަށްވާ ފޫ ހިންގ އާއި ޖީ ހޮންގ އަކީ ސޫދާންގެ ވެރިރަށް ޚަރުތޫމްގައި ކޮންސްޓްރަކްޗަން ކުންފުންޏެއް އުފެއްދި ދެމަފިރިންނެވެ. ފަސޭހަކަމާއެކު މިމީހުންނަށް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ފައިސާ ލިބެމުން ދިޔައެވެ. އަދި ސޫދާން ސަރުކާރާއެކު އޮންނަ އެއްބަސްވުންތަކުގެ ސަބަބުން ސަރުކާރަށް އެފައިސާއަށް ބަދަލާއި މުގާބިލުގައި ކަންކަން ކޮށްދީ މި ދެމަފިރިންގެ ކުންފުނި ފޫ ހޮންގ ކޮންސްޓަރްކްޝަން، ރޯޑްސް އެންޑް ބްރިޖްސް އެންޓަރޕްރައިސް އިން އަންގާ ކަންކަން ފަހިކޮށްދޭން ޖެހެއެވެ. މި ކުންފުންޏަށް އަމުރުތައް ލިބިގަންނަނީ އެއަށްވުރެން މަތީ ފަރާތަކުންނެވެ.

މި ކުންފުނިން ސޫދާންގެ ކުރީ ސަރުކާރުގެ ތެރެއަށް މޫލާފައި ވާ މިންވަރާއި ކޮރަޕްޝަން ހިންގުމާއި ރިޝްވަތު ދިނުމުގެ ކުޅަދާނަކަމުން އަލްބަޝީރުގެ ސަރުކާރާ ދެކޮޅުވެރިންގެ ރޭޑާގައި އަބަދުވެސް މިކުންފުނީގެ ނަން އޮވެއެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު މި ކުންފުނީގެ އޮފީހަށް ފުރަތަމަ ފަހަރަށް އިންވެސްޓިގޭޓަރުން ރެއިޑް ކުރިއެވެ. މި އެސެޓް ރިކަވާ ކުރުމަށް އެކުލަވާފައިވާ ސފައިންނާއި ފުލުހުންގެ ކޮމިޓީއެކެވެ.

މި ރެއިޑްގައި މި ކުންފުނީގެ އޮފީހުގައި 800 ގްރާމުގެ ރަނާއި ނަގުދު ފައިދާއިން 35 ހާސް ޑޮލަރާއި ސިންގަޕޫރުގެ 116 މިލިއަން ޑޮލަރު އަތުލައި ގަނެވުނެވެ. ފަހުން ދެވަނަ ފަހަރަށް މި ޓީމުން މާޗް މަހު އަނެއްކާވެސް ރެއިޑް ކުރިއެވެ. އެފަހަރު 1.38 މިލިއަން އެމެރިލާ ޑޮލަރު ކޭޝްއިން އަތުލައި ގަނެވުނެވެ. ނަމަވެސް މި ރެއިޑްގެ ވާހަކައާއި ފައިސާ ގފެނުކަމުގެ ވާހަކަ ސިއްރު ކުރުމަށާއި އަނބުރައި ދިނުމަށް ޗައިނާ ކުންފުނިން ހަތަރު މިލިއަން ޑޮލަރު ރެއިޑް ކުރި މީހުންނަށް ރިޝްވަތުގެ ގޮތުގައި ދޭން ހުށަހެޅިއެވެ.

ދުވަސް ގަނޑަކަށް ފަހުން މި މައްސަލަ ބޭޒާރުވުމުން ކުރި ތަހުގީގުން އެނގުނީ ޗައިނާ ކުންފުނިން ރިޝްވަތު ދޭން އުޅުނީ އެމީހުން ގެންގުޅު ގިނަ އަދަދެއްގެ ގޮތް ނޭނގޭ ނަގުދު ފައިސާތަކެއްގެ ވާހަކަ އޮއްބާލުމަށެވެ. އެކަމަކު ރެއިޑް ކުރި މީހުްން ކުރި ރެއިޑަކީ ހުއްދަ ހޯދައިގެން ކުރި ރެއިޑެއް ނޫނެވެ. އަދި ތަހުގީގުން އެނގުނީ މިމީހުންގެ އެކައުންޓަށް ޗައިނާ ކުންފުނިން ދީފައިވާ ގިނަ ފައިސާތަކެއް ވަދެފައިވާ ކަމެވެ.

މި ޗައިނާ ދެ މަފިރިން މިމައްސަލާގައި ޗައިނާ އެމްބަސީގެ ކޮންސިއުލާ ޚިދުމަތް ބޭނުން ކުރާކަށް ބޭނުމެއް ނުވެއެވެ. އަދި ޗައިނާ އެމްބަސީންވެސް މިކަހަލަ ކަމެއް ހިނގައިގެން އުޅޭ ކަމަށް އެނގެން ބޭނުމެއްވެސް ނުވާތީ ސުއާލު މާކުތައް ވަނީ އިތުރު ވެފައެވެ.