ޗައިނާގެ ވެރިކަމުގެ ނިޒާމު ގައުމުތަކުގައި ފެތުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިކަމަކީ ނުރައްކާތެރި ކަމެއް ކަމަށް ފޮރިން ޕޮލިސީ މަޖައްލާއިން އިން ބުނެފިއެވެ. ޗައިނާއިން އިގްތިސާދީ ބާރުގެ ބޭނުންކޮށްގެން ޑިމޮކްރެސީއަށް ގޮން ޖަހައި ޚުދު މުޚުތާރު ވެރިކަމުގެ ނިޒާމު ޕްރޮމޯޓް ކުރަމުންދާ ކަމަށް މިމަޖައްލާއިން ތުހުމަތު ކުރެއެވެ.
ފޮރިން ޕޮލިސީން އެކުލަވާފައިވާ ރިޕޯޓްގައި ބުނާ ގޮތުން ޗައިނާއިން ދައްކައި ދޭން ބޭނުން ވަނީ ޗައިނާގެ މޮޑެލްއަކީ ޗައިނާއިން އިންސާނިއްޔަތަށް ދީފައިވާ ހަދިޔާއެއް ކަމަށާއި ޑިމޮކްރެސީއަކީ ގައުމުތަކަށް ތިޔާގި ވެގެން ދިއުމަށް އޮތް މަގެއް ނޫން ކަމަށެވެ.
2017ގައި ޝީ ޖިންޕިންގ ދެއްވާފައިވާ 19 ވަނަ ޕާޓީ ކޮންގްރެސްގެ ތަގްރީރުގައިވެސް ވިދާޅުވެފައި ވަނީ މިނިވަންކަމާއެކު ތަރައްގީގައި އަވަސް ހަރުފަތްތައް ގިރާކުރުމަށް ގައުމުތަކުން ބޭނުން ނަމަ ޗައިނާ މޮޑެލްއަކީ އެފަދަ ގައުމުތަކަށް ނަމޫނާއެއް ކަމަށެވެ.
ބައެއް ޚުދު މުޚުތާރު ގައުމުތަކުގެ ވެރިން ދެކެނީ ރައްޔިތުންނަށް ޖަވާބުދާރީ ވުމަކާ ނުލައި އަވަސް އަވަހަށް ކަންކަން ކުރަމުން ދިއުމަށް އޮތް އެންމެ ކުރުމަގަމީ ޚުދު މުޚުތާރު ގޮތަށް ވެރިކަން ކުރުމެވެ.