ތާލިބާންގެ ގައުމުގައި އަންހެނުންގެ މިނިސްޓްރީގެ ނަން ބޯޑް ނަގައި އެމިނިސްޓްރީގެ ނަން، އަމުރު ބިލް މައުރޫފް ވައްނަހީ އަނިލް މުންކަރިގެ ނަމަށް ބަދަލު ކޮށްފިއެވެ. މިއީ މީހުން ހެމަގަށް ގޮވާލާ އަދި ނަމާދު ކޮށް ބުރުގާ އަޅައި ތުނބުޅި ބާލައި އުޅޭތޯ ބެލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މިނިސްޓްރީއެވެ.
ތާލިބާންގެ ކުރިން އޮތް ސަރުކާރުން ވަނީ އަންހެނުންގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަނބަލުންނަށް ޚާއްސަ މިނިސްޓްރީއެއް އެކުލަވާލާފައެވެ.
ތުލޫޢު ނޫސް ބުނާ ގޮތުން އައު މިނިސްޓްރީއަށް އަންހެން މުވައްޒަފުން ވަނީ މަނާ ކޮށްފައެވެ. މި މިނިސްޓްރީގެ ސްޓާފުންގެ ގޮތުގައި ކުރިން އުޅުނީ 90 އިންސައްތަ އަންހެނުންނެވެ.
ޔުނިސެފުންވެސް ތާލިބާނަށް އިލްތިމާސް ކޮށްފައި ވަނީ އަންހެން ކުދިން ތައުލީމުން މަހުރޫމް ނުކުރުމަށެވެ. ތާލިބާން ގައުމުގައި އަންހެނުންނަށް ބެލުމަކީވެސް ހަރާމް ކަމެކެވެ. ކިޔަވައިދޭ ތަންތާނގައިވެސް އަންހެނުންނާއި ފިރިހެނުން ވަކިކޮށް ބައިތިއްބާފައި ވަނީ ފަރުދާ ދަމައިގެންނެވެ.
އަފްޣާނިސްތާންގެ ހާލަތު ބިކަ ވެގެން ދިއުމުގެ ސަބަބުން އާއިލާތަކުން ވަނީ ގޭގެ ފަރުނީޗަރުވެސް މަގު މަތީ ބާޒާރުގައި ސޭލްއަޅުވާފައެވެ.