އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި ހަމަސް ދުވަސްވަންދެން ފޯރި މެރުމަށް ދަތުރު ފެށި ޖަރުމަންވިލާތުގެ މަނަވަރު ޗައިނާ ސަރަހައްދަށް ވަނުމަށް ޗައިނާއިން ދެކޮޅު ހަދައިފިއެވެ. ޗައިނާ އިން ބުނެފައި ވަނީ ދެކުނު ޗައިނާ ކަނޑުގައި ދުރުތިބީން ފޯރިމަރައި ދަތުރުފަތުރުގެ މިނިވަންކަމުގެ ނަމުގައި ދަތުރުތައް ބާއްވައި ހެދުމުން ސަރަހައްދުގެ ގައުމުގެ އަމާންކަމާއި މުލްހަ މަސަލަސްކަން ނަގާލެވެއެވެ. އަދި ޗައިނާ އިން ދެކެނީ މިފަދަ ދަތުރުތަކަކީ ހަމަނުޖެހުން އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށް ޗައިނާ ފޮރިން މިނިސްޓްރީގެ ޖަރުތަމާން ވިދާޅުވިއެވެ.
ޖަރުމަންވިލާތުގެ ހަތަރު ހާސް ތަނުގެ މަނަވަރު ބާޔެން ވަނީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑިގައި ހަމަސް ދުވަސް ހޭދަކުރުމަށް ދަތުރު ފަށާފައެވެ. ޗައިނާގެ ޝެންހާއީއަށް މި މަނަވަރުން ދަތުރު ފެށުމުން ޗައިނާ ސަރަހައްދަށް ވަނުމަށް ހުއްދަ ނުދީ ޗައިނާ އިން މަނަވަރު އަނބުރާ ފޮނުވާލީއެވެ.
ޗައިނާއިން ދަނީ ދެކުނު ޗައިނާ ސަރަހައްދުގެ ބޮޑު ބައެއްގައި އަމިއްލަ ބާރު ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.