މުސާރައިގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މިއަދު ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން ކަޅު ހެދުމުގައި އޮފީހަށް ނިކުމެއްޖެއެވެ.

ސިވިލް ސާވަންޓުންގެ އެސޯސިއޭޝަނުން މިދިޔަ ހަފްތާގައި ކުރި އިއުލާނެއްގައި ބުނީ މިއަދު މަސައްކަތަށް ނުކުންނާނީ ކަލު ހެދުމުގައި ކަމަށާއި، ސަރުކާރުން ޖަވާބުދާރީ ނުވެއްޖެ ނަމަ، މާދަމާ މަސައްކަތް ހުއްޓާލައި، އިހުތިޖާޖު ކުރާނެ ކަމަށެވެ.

ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިން އެލަވަންސް ހަމަޖައްސައިދިނުމާއި މިނިމަމް ވޭޖު އަވަސްކޮށްދިނުމުގެ އިތުރުން ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުންމެވެ.

އޮފިޝަލް ވިދާޅުވީ އަންހެނުން ކޮމިޓީގެ މުސާރަ ދެގުނައަށް ބޮޑުކުރެވޭ އިރު ސިވިލް ސާވެންޓުން ދުވާލު ހަތަރުދަމު މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް ދެވެންވީ ސަބަބެއް ނެތް ކަމަށެވެ.

މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އިހުތިޖާޖަށް ނުކުންނަން ނިންމިއިރު، ޕައިލެޓުންގެ މުސާރަ އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ވަޒީފާގެ ކުރިއެރުން ނުލިބި ލަސްވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފައިވެ އެވެ. އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ރައީސް ވަނީ ދެއްވައިފަ އެވެ.