ދަރުބާރުގޭ ދެކުނު ފަރާތުގައި ޕާކުކޮށްފައި އޮތް ވޭން އެއްގައި އަލިފާން ރޯ ވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 10:31 ހާ އިރު ކަމަށާއި މި ހާދިސާ އާގުޅިގެން އެ އިދާރާގެ ފަޔަރ އެންޑް ރެސްކިއު ޓީމް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ވޭން ގެ ޑޭޝްބޯޑު މަތީގައި ބާއްވާފައި އޮތް ޕަވަރބޭންކް ތަކެއްގައި ރޯވެގެން ކަމަށް ބެލެވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.