އިސްލާމްއާބާދުގެ ލާލް މަސްޖިދަކީ، ހަރުކަށި އިސްލާމީ ފިކުރުގެ އޮވަރެއް ފެތިރޭ އަދި ސަރުކާރުގެ ބާރަށް ގޮމް ޖަހާ ބަޔަކު ހަރަކާތްތެރިވާ މިސްކިތެކެވެ. ޕާކިސްތާންގެ ވެރިރަށުގައި މި މިސްކިތުގެ ފުރާޅު މަތީގައި ގިނަ އަދަދަކަށް ތާލިބާނުންގެ ދިދަތަކެއް ނަގާފައި ބެހެއްޓުމާ ގުޅިގެން އެކަމާ ކުރިމަތި ލުމަށް ދިޔަ ފުލުހުންނާ ދެކޮޅަށް ލާލް މަސްޖިދާއި އެމިސްތުގައި ހަދާފައިވާ އަ ންހެން ކުދިންގެ މަދަރްސާ ޖާމިއާ ހަފްސާގެ ދަރިވަރުން ކުރިމަތިލާން ނިކުތެވެ.
ޖާމއާ ހަފްސާއާއި ލާލް މަސްޖިދުގެ ވެރިޔާ މައުލާނާ އަބްދުލް އަޒީޒު ޣާޒީ ވެސް ވަނީ ކްލާޝިންކޯފް ބަޑިއެއް ހިފައިގެން މިސްކިތުގެ ފުރާޅުގައި ފޯރި މަރާފައެވެ. އަންހެން ކުދިންވެސް ލަޓި ބުރިތައް ހިފައިގެން ފުލުހުން ސަރަހައްދަށް ވައްދިޔަ ނުދިނުމަށް ފޯރި މެރިއެވެ.
ޕާކިސްތާންގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފްގެ ސަރުކާރުގެ އަމުރަށް މި މިސްކިޔާއި މަދަރްސާ ހިންގި މީހުން ތަބާ ނުވުމުން އޭނާ ސިފައިން ފޮނުވައިގެން މިސްކިތުން ބައެއް ތަޅާލިއެވެ. މި މައްސަލާގައި ވެރިކަމުން ފޭބި ފަހުން މުޝައްރަފްއާ ދެކޮޅަށް ދައުވާވެސް ކުރިއެވެ.
އިސްލާމްއާބާދު ފުލުހުން ފަހުން ބުނެފައި ވަނީ އެމީހުން އެސަރަހައްދަށް ވަދެ، ތާލިބާނުންގެ ދިޔަ ބާލާފައިވާ ކަމަށެވެ. އަދި ތާލިބާނުންގެ ދިދަ ޕާކިސްތާންގެ ވެރިރަށުގައި ނެގި ބަޔަކު ގާނޫނުގެ ކުރިމައްޗަށް ނުގެނަސް ދޫކޮށް ނުލާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.
ފުލުހުންގެ އިސްފަރާތަކުން ބުނި ގޮތުގައި މި މަދަރްސާގެ އިސް މަސްއޫލުވެރިއާ މައުލާނާ އަބްދުލް އަޒީޒު ބޭނުން ވަނީ ސަރުކރު ބްލެކްމެއިލްކޮށްގެން އޭނާގެ މަގްސަދުތައް ހާސިލު ކުރާށެވެ. އޭނާ ބޭނުން ވަނީ އޭނާގެ މަދަރްސާ ސާފުތާހިރު ކުރުމަށް އިސްލާމްއާބާދުގެ މަގުމަތި ކުނިކަހާ މީހުން ފޮނުވައި ދިނުމަށެވެ. އަދި އޭނާއަށް ޚާއސަ އިމްތިޔާޒުތައް ސަރުކާރުން ދީފައި ބޭއްވުމަށެވެ.
2014 ވަނަ އަހަރު ޖާމިއާ ޙަފްސާގެ ލައިބްރައީ ނިސްބަތް ކޮށް ނަންދީފައިވަނީ އުސާމާ ބިންލާދިން ލައިބްރަރީގެ ނަމުންނެވެ. މައުމާލާ އަބްދުލް އަޒީޒު ސިފަކުރަނީ ބިންލާދިން އަކީ ޝަހީދެއް ކަމަށެވެ.