ބްރަޒީލްގައި ހުންނަ ޗައިނާ އެމްބަސީއާއި ޗައިނާ ކޮންސިއުލޭޓްތަކުގެ ސަލާމަތީކަންކަން ވަރުގަދަ ކުރުމަށް ޗައިނާއިން ބްރަޒީލް ސަރުކާރުގައި އެދެފިއެވެ. ޗައިނާއިން މިފަދައިން އެދިފައި ވަނީ ރިއޯ ޑީޖެނީރޯގައި ހުންނަ ޗައިނާ ކޮންސިއުލޭޓަށް މީހަކު ގޮވާއެއްޗަކުން ހަމަލަ ދިނުމާ ގުޅިގެންނެނެވެ.
ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންއާ ޙަވާލާދީ ޗައިނާއިން ބުނެފައި ވަނީ ބްރަޒީލްގައި މަސައްކަތް ކުރާ ޗައިނާ ޑިޕްލޮމޭޓުންނަށާއި ޗައިނާގެ ޑިޕްލޮމެޓިކް މިޝަންތަކަށް ސަލާމަތާއި ރައްކާތެރިކަން ބްރަޒީލުން ކަށަވަރު ކޮށްދޭން ވާނެ ކަމަށެވެ.
އަދި މި ޖަރީމާ ހިންގި ފަރާތް ޝަރީއަތަށް ހާޒިރުކުމަށްވެސް ގޮވާލާފައި ވެއެވެ.
ގޮވާތަކެތިން ދީފައިވާ މި ހަމަލާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވެއެވެ.