ސްރީލަންކާގެ ރޭލްވޭ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެގައުމުން ފަށާފައިވާ ޕރޮޖެކްޓަށް ބޭނުންވާ ރޭލް ކޮމްޕާޓްމެންޓްތަކުގެ ފުރަތަމަ ބައި އިންޑިއާއިން ލަންކާ ސަރުކާރާ ޙަވާލުކޮށްފިއެވެ.

ލަންކާގެ ރެއިލްވޭ ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަޝްރޫއަށް އިންޑިއާއިން ވަނީ 318 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހުޅުވާފައެވެ.

މި އެލްއޯސީގެ ދަށުން ހަވާލުކޮށްފައިވާ ފުރަތަމަ 20 ކޮމްޕާޓްމެންޓްގެ އަގަކީ 82.6 މިލިއަން ޑޮލަރެވެ. މިއީ ލަންކާއިން ހުށަހަޅާފައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ކޮމްޕާޓްމެންޓްތަކެކެވެ. ޖުމުލަ 160 ކޮމްޕާޓްމންޓް ހަވާލު ކުރަން ޖެހެއެވެ.

މީގެ އިތުރުން ރޭލްގެ އިންޖީނު ބައިގެ 13 ޔުނިޓެއްވެސް އިންޑިއާއިން ލަންކާއަށް ދީފައި ވެއެވެ.

މިއީ އަނޫރާދަޕޫރާއާއި ކުރުނެގަލާ ސަރަހައްދުގެ ރޭލްވޭތައް ޒަމާނީ ފެންވަރަށް ގެނައުމުގެ މަޝްރޫއުން ބައެކެވެ.