ވޫހާން އިން ފެށިގެން އައި ކޮވިޑް19ގެ އަސްލު ހޯދިފައި ނުވީނަމަވެސް ޗައިނާގެ ވޫހާންގެ ލެބޯޓްރީއަށް ތުހުމަތުގެ އިނގިލި ދިއްކުރެވެއެވެ. އިނގިރޭސި ސަން ނޫހުން ވަނީ އައު ދިރާސާތަކެއްގެ އަލީގައި ވޫހާން ލެބޯޓްރީން ކޮރޯނާ ވައިރަސް އަށް ބަދަލު ގެނައުމަށްކޮށްފައިވާ މަސައްކަތް ހާމަކޮށްފައެވެ.

ވޫހާން ލެބޯޓްރީން ވަނީ ވާލުގައި ގުދުރަތީ ގޮތުން އުފެދޭ ކޮރޯނާ ވައިރަސް ނަގައިގެން އެ ވައިރަސް ދިހަ ހާސް ގުނައަށް ބާރުގަދަ ވައިރަސްއަކަށް ބަދަލުކޮށްފައެވެ.

ޗައިނާ ލެބޯޓްރީން މިކަން ކޮށްފައި ވަނީ އެމެރިކާއިން ދީފައިވާ ފައިސާ އިންނެވެ. މި ފައިސާއަކީ އެމެރިކާ ސަރުކާރުން ދިރާސާއަށް އެމެރިކާ ސަރުކާރުގެ ކޮވިޑް19އާ ބެހޭ މުޝީރު އެންތޮނީ ފައުޗީ އިސްވެ ހުންނެވި ނޭޝަނަލް އިންސްޓިއުޓް އޮފް ހެލްތަށް ދިން ފައިސާއެވެ. އަދި ފައުޗީ ވަނީ ކޮރޯނާއަށް އިތުރަށް ދިރާސާ ތައް ކުރުމަށް މި ފައިސާއިން ބައެއް ނިއުޔޯރކްގެ އީކޯ ހެލްތު އެލައެންސް އިންސްޓިއުޓަކަށް ދީފައެވެ. ވޫހާން ލެބަށް ފައިސާ ދީފައި ވަނީ މި އިންސްޓިއުޓުންނެވެ.

އީކޯ ހެލްތު އެލައެންސްގެ ޕީޓާ ޑާޒާކްއަކީ ފައުޗީގެ ރައްޓެއްސެކެވެ. އަދި ކޮވިޑްގެ އަސްލު ފޮރުވުމަށް މަސައްކަތް ކުރާ ފަރާތެއްވެސް މެއެވެ.

ރުޓްގަރޒް ޔުނިވަރސިޓީގެ ބައެލޮޖީ ޕްރޮފެސަރ ރިޗަރޑް އީބްރައިޓް ވިދާޅުވާ ގޮތުން ވޫހާން ލެބޯޓްރީން ކޮރޯނާ ވައިރަސްއަށް ބަދަލު ގެނައުމަށް ކޮށްފައިވާ މަސައްކަތާ ބެހޭ ގިނަ ޑޮކިއުމެންޓްތަކެއް މިހާރު ވަނީ ލިބިފައެވެ.